web analytics

ޑރ. ބިލާލް ފިލިޕްސްގެ ދަރުސް އޮތްތަން ބަދަލު ވެއްޖެ

ޑރ. ބިލާލް ފިލިޕްސްގެ ދަރުސް އޮތްތަން ބަދަލު ވެއްޖެ
جمعية السلف ގެ ދަޢުވަތަކަށް މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ޑރ. ބިލާލް ފިލިޕްސް މިރޭ ދެއްވަން ހަމަޖެހިފައިވާ ދަރުސް މޫސުން ތަން ނުދިނުމުގެ ސަބަބުން މިހާރުވަނީ މިރޭގެ ޢިޝާނަމާދަށްފަހު މުޙައްމަދު ޞުލްޠާން މުޙާއްމަދު ތަކުރުފާނުލް އަޢްޒަމުގައި  އިސްލާމީ މަރުގަޒުގައެވެ.
އިތުރަށް ވިދާޅުވުމަށް »

ޖަމިއްޔަތުއްސަލަފް ގެ ރައީސް الشيخ عبد الله ގެ ވަރުގަދަ އިިންޒާރެއް

ޖަމިއްޔަތުއްސަލަފް ގެ ރައީސް الشيخ عبد الله ގެ ވަރުގަދަ އިިންޒާރެއް
މިއިންޒާރަކީ އަންނަ އަހަރު ތަންފީޒުކުރަން ފަށާ އާ މަންހަޖުގައި މިއުޒިކާއިނެށުން ހިމަނާފައިވާތީ ދިން އިންޒާރެއްކަމަށް ބެލެވެއެވެ.  ދިވެހިރާއްޖޭގެ އެތައް ޝައިޚުންނެއް ފާޅުގައި މިއުޒިކަކީ  ޙަރާމް  އެއްޗެއްކަން ޤުރްއާނާއި ސުންނަތުން ދަލީލު ދައްކަމުންދާ އިރުވެސް  އެޑިއުކޭޝަން މިނިސްޓްރީން މިކަން ކުރުމަށް ޤަސްތު ކުރާތީ ޢާންމުންގެ ގިނަ ބަޔަކުވެސްވަނީ  އެކަމާ ވަރަށް ބޮޑަށް ނުރުހުންފާޅުކޮށްފައެވެ.
އިތުރަށް ވިދާޅުވުމަށް »

ޢަރަބި ކިލާސް

ޢަރަބި ކިލާސް
މި ކުލާސް ތަކަކީ އަޑު އެހުންތެރީންނަށް އަރަބި ބަސް ދަސްކޮށްދެއްވުމުގެ މާތް މަޤުޞަދުގައި ގެނެސްދޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ ރޭޑިއޯ އެޓޯލް 96 އެފް.އެމް ގެ އަޑުއެހުންތެރިންނަށް އެންމެ ކަމުދާ އެއް ޕޮރޮގްރާމެވެ.
އިތުރަށް ވިދާޅުވުމަށް »

ފަނާރު

ފަނާރު
މި ޕްރޮގްރާމަކީ ރޭޑިއޯ އެޓޯލް 96 އެފް.އެމް އިން އަލަށް ފަށައިގެންގެނެސްދޭ ޕްރޮގްރާމެކެވެ. މިއީ އަންހެން ބޭކަނބަލުންނަށް ޚާއްޞަކުރެވިގެން ގެނެސްދެވޭ އިޖުތިމާޢީ ހޭލުންތެރިކަމުގެ ޕޮރްގްރާމެކެވެ. މި ޕްރޮގްރާމް އަކީ ކޮންމެ ހޮނިހިރު ދުވަހެއްގެ ރޭ 21:00 ން 22:00 އަށް ލައިވްކޮށް ގެނެސްދެވޭ ޕޮރޮގްރާމެކެވެ.
އިތުރަށް ވިދާޅުވުމަށް »

ފަސްއަލޫ އަޙްލައް ޛިކްރި

ފަސްއަލޫ އަޙްލައް ޛިކްރި
މިއީ ރޭޑިއޯ އެޓޯލް 96 އެފް.އެމް އާއި ޖަމިއްޔަތުއް ސަލަފާއި ގުޅިގެން ގެނެސްދޭ ދީނީ ސުވާލާއި ޖަވާބު ޕޮރޮގްރާމެކެވެ. މި ޕްރޮގްރާމް އަކީ ކޮންމެ އަންގާރަ ދުވަހެއްގެ ރޭ 21:000 ން 22:00 އަށް ލައިވް ކޮށް ގެނެސްދެވޭ ޕްރޮގްރާމެކެވެ. މިއީ ރޭޑިއޯ އެޓޯލް އިން ގެނެސްދެމުންދާ އެންމެ ދުވަސްވީ އެއް ޕްރޮގްރާމެވެ.
އިތުރަށް ވިދާޅުވުމަށް »
އެންމެ މައްޗަށް ދިއުމަށް